ފުވައްމުލައް މާލެގަމް އަވަށު ފުޓްސަލް ދަނޑު ކައިރީގައި އިރުން އުތުރަށް 01 އިން 03 އަށް ނަމްބަރު ޖަހާފައިވާ ރުއްގަސްތަކުގެ ނީލަން ކިޔުން 12 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 9:00 ގައި އެބިމުގައި އޮންނާނެއެވެ.
ވިމާ، މި ނީލަމުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 12 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހު 09:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. ނީލަނން ނަންގަވާ ފަރާތްތަކުން 12 ޖަނަވަރީ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލައް އޮފީސް ހުރި އިމާރާތް) އަށް ފައިސާ ދައްކަވައި 13 ޖަނަވަރީ 2020 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއްކަނޑައި ރުކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަންވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި އުކާލެވޭނެއެވެ.
މިހެންވެ މިކަން އަންގައި އިއުލާން ކުރަމެވެ.