ފުނާޑު ދިޔަރޭފާނޑުގޯޅި ފުޅާކުރުމާއި ގުޅިގެން ދިޔަރޭފާނޑު ގޯތިން އިނުކުރެވޭ ފާރު (ކައުންސިލުން ފާހަނގަ ޖަހާފައިވާ ހިސާބު) އަދި ދިޔަރޭފާނޑު ގޯތީގެ ހުޅަނގުން ފެހިކުރި ގޯތީގެ އިރުން، ދިޔަރޭފާނޑުގޯޅީގެ އުތުރުން އިންވެގެން އޮތް ބަންޑާރަ ބިމުގައި (ކުރީގެ އާސްމާނުވިލާ ގޯތި) ހުރި އިމާރާތުގެ ނީލަންކިޔުން 12 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހު 9:00 ގައި އެބިމުގައި އޮންނާނެއެވެ.
ވީމާ، މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ޖަނަވަރީ 2020 ވަނަ ދުވަހު 9:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަން ނަންގގަވާ ފަރާތްތަކުން 13 ޖަނަވަރީ 2020 ވަނަ ދުވަހު 12:00 ގެ ކުރިން ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލައް އޮފީސް) ގެ އިދާރާއަށް ފައިސާ ދައްކަވައި 14 ޖަނަވަރީ 2020 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި އުކާލެވޭނެއެވެ.
މިހެންވެ މިކަން އަންގައި އިއުލާން ކުރަމެވެ.