ފުވައްމުލަކު ސިޓީގެ ބައެއް ގޭގެ މަގުފާރު ކައިރީ މަގުމަތީގައި ބަހައްޓާފައިހުރި ތަކެތި ނެގުމަށް މިކައުންސިލްގެ ނަންބަރު (IUL)468-U03/468/2019/3 އަދި (IUL)468-CMCR/468/2019/261 އިޢުލާނުން އެންގިފައި ވީނަމަވެސް ފުވައްމުލަކު ސިޓީގެ ބައެއް ގޭގެ މަގުފާރު ކައިރީ މަގުމަތީގައި ބަހައްޓާފައިހުރި ތަކެތި ނުނަންގަވާ ހުރިކަން ފާހަގަ ވާތީ މިމުއްދަތު އިތުރުކޮށް އަލުން އިޢުލާން ކުރަމެވެ.
ފުވައްމުލަކު ސިޓީގެ ބައެއް ގޭގެ މަގުފާރު ކައިރީ މަގުމަތީގައި އެކި ބާވަތްތަކުގެ ބަގީޗާ ގަސް އިންދައި ހެއްދުމާއި، މަގުމަތީގައި ގޮނޑި އަދި ޖޯލިފަތީގެ އިތުރުން ގޭގެ އިމާރާތްކުރަން ބޭނުންކުރާ ތަކެތި އަދި ވިޔަފާރިކުރާ ފަރާތްތަކުން ބޭރުކުރާ ކުނި ފަދަ ތަކެތި ބަހައްޓާފައި ހުންނަކަން ފާހަގަ ކުރެވެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މިގޮތަށް މަގުގައި ތަކެތި ބަހައްޓައި ގަސްހައްދާފައި ހުރުމުގެ ސަބަބުން ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ދުއްވުމަށާއި، މަގު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.
ވީމާ، މަގުމަތީގައި އެކި ބާވަތްތަކުގެ ބަގީޗާ ގަސް އިންދައި ހެއްދުމާއި، މަގުމަތީގައި ގޮނޑި އަދި ޖޯލިފަތީގެ އިތުރުން ގޭގެ އިމާރާތްކުރަން ބޭނުންކުރާ ތަކެތި އަދި ވިޔަފާރިކުރާ ފަރާތްތަކުން ބޭރުކުރާ ކުނި ފަދަ ތަކެތި މިގޮތަށް ބަހައްޓާފައި ހުރުމަކީ މަނާކަމަކަށްވާތީ މިގޮތަށް މަގުމަތީގައި ހައްދާފައި ހުންނަ ގަސްތަކާއި ބަހައްޓާފައި ހުންނަ ތަކެތި ނުބެހެއްޓުމަށް ހަނދުމަފުޅުކޮށްއެރުވުމުގެ ގޮތުން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު މިފަދަ ތަކެތި އިތުރު އެންގުމަކާއި ނުލައި މިއިދާރާއިން ނަގަމުންދާނެކަން އަދި ވެލިމަގުތައް ލެވެލްކޮށް ހަދަމުންދާއިރު މަގު ހެދުމަށް ބޭނުންކުރާ އުޅަނދުތަކަށް އުދަގޫވާގޮތަށް މަގުމަތީގައި ހުންނަ ތަކެތި ކޮށައި ދަތިފިލުވުމުގެ މަސައްކަތް ކުރަމުންދާނެ ވާހަކަދަންނަވަމެވެ. އަދި މިމަސައްކަތް ކުރަމުންދާއިރު ހުރިހާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން މަސައްކަތްކުރާ ފަރާތަށް ދެއްވުން އެދޭ ވާހަކަ ދަންނަވަމެވެ.