ޤާނޫނު ނަންބަރު 20/2019(ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު)އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުން.

13 ޖެނުއަރީ 2020

ޑައުންލޯޑް

cloud_download

ޤާނުނު ނަންބަރު 20/2019(ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު)އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް 4 ޖެނުއަރީ 2020 ގައި ޢަމަލުކުރަން ފެށުމާއެކު، ތިރީގައިވާ ހުއްދަތައް ދޫކުރުން ހުއްޓާލެވިފައިވާ ވާހަކަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ ނަންބަރ (IUL)101-BR/1/2020/1 (05 ޖަނަވަރީ 2020( ވަނަ ޢިއުލާނުންވަނީ އަންގާފައެވެ.

• އިމްޕޯޓު މުދަދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ

• ސައިހޮޓާ ހިންގުމުގެ ހުއްދަ

• ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ

• ކެންޓީން ހިންގުމުގެ ހުއްދަ

ވީމާ 4 ޖެނުއަރީ 2020 އިން ފެށިގެން އިސްވެ ދެންނެވުނު ހުއްދަތަކާއި ގުޅޭ މަހު ފީ ބަލަގައި ގަތުން ފުވައްމުލަކު ސިޓީ ކައުންސިލުން ހުއްޓާލާފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިއިން ވިޔަފާރިއެއް ކުރަން ބޭނުންވާ ފަރާތްތަކުން ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު)ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް،ކުންފުންޏެއް،ޕާރޓްނާޝިޕްއެއް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓްރީކުރުމަށްފަހު މިނިސްޓްރީއިން އިތުރު ހުއްދައެއް ނުހޯދައި ވިޔަފާރި ފެށޭނެ ކަމުގައިވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޢިއުލާނުންވަނީ އަންގާފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv