ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދަ ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްޚަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން އެފަރާތްތަށް ޤަވާއިދަށް ފެއްތުމަށްޓަކައި "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް" މިނިސްޓްރީ އޮފް އިކޮނިމިކް ޑިވަލޮޕްމެންޓްގެ ފަރާތުން ވަނީ ފަށްޓަވާފައެވެ. މިޕްރޮގްރާމްގެ ދަށުން "ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު" ގައި ރަޖިސްޓްރީ ވުމުގެ ގޮތުން އެޕޮއިންޓްމެންޓް ދޫކުރުމާއި ރަޖިސްޓްރީ ކުރުން ފުވައްމުލަކު ސިޓީ ކައުންސިލްގައި 26 ޖަނަވަރީ 2020 ދުވަހު ކުރިއަށް ގެންދާ ގޮތަށް ވަނީހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 26 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 11:00 އިން 16:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ މެއިންޓެނެންސް ސެކްޝަން(ކުރީގެ ރަށު ކައުންސިލް ހިންގި އިމާރާތް)ގެ މީޓިން ރޫމުގައެވެ.
ވީމާ، ފުވައްމުލައް ސިޓީގައި މިހާރު މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ހުއްދަ ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތުހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުވައްމުލައް ސިޓީގެ އެންމެހާ ރައްޔިތުން ބާރުއަޅުއްވައި ދެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. އެޕޮއިންޓްމެންޓް ހެއްދުމަށް ބިދޭސީ މީހާ ކައުންސިލަށް އަންނައިރު ޕާސްޕޯޓް އަދި އެއްވެސް އިރެއްގައި ވޯރކްޕާމިޓް ހައްދާފައިވާނަމަ، ވޯރކްޕާމިޓް ނުވަތަ ކާކުކަން އަންގައިދޭ އެއްވެސް ޑޮކިއުމެންޓެއް އޮތްނަމަ، އެޑޮކިއުމެންޓެއް ހިފައިގެން އައުމަށް ދަންނަވަމެވެ.