މިދުވަސްވަރު ކޮރޯނާ ވައިރަސް ޗައިނާގައި ދަނީ އާދަޔާ ޚިލާފަށް ފެތުރެމުންނެވެ. އެހެންކަމުން މިސިޓީއަކީ ޗައިނާ އިން ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށްވާތީ، ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މިކައުންސިލުން މިދަނީ ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރަމުންނެވެ.
ވީމާ، ރައްޔިތުން ވެސް މިކަމަށް ސަމާލުވެ ތިއްބެވުމަށް ދެންނެވީމެވެ. އަދި މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އިލްތިމާސްކުރަމެވެ.