ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޚާއްޞަކުރެވުނު 180 ފްލެޓުގެ ތެރެއިން ބާކީ ހުރި 76 ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވި ފަރާތްތަކާއި، ކެޓަގަރީ B ގެ ދަށުން ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކުރެވުނު 20 ފްލެޓުގެ ތެރެއިން ބާކީ ހުރި 12 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް ޢާންމުކޮށް އިޢުލާން ކުރީމެވެ. އަދި މިލިސްޓް މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.
ވީމާ ޕޮއިންޓް ލިބިފައިވާގޮތާމެދު، ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 17 ފެބުރުއަރީ 2020 ވާ ހޯމަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން މިއިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.
ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން މިލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ އެއުނިއިތުރެއް ގެނައުމަށްފަހުގައެވެ.