މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން އެންޑް އެގްރިކަލްޗަރގެ ފަރާތުން ފުވައްމުލައް ސިޓީގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި، ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން 10 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް، 15 މާރޗް 2020 އިން 24 މާރޗް 2020 އަށް މިސިޓީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 މާރޗް 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ނަންބަރ 6865001 ފޯނާއި ގުޅުއްވައިގެން (ނަމާއި އެޑްރެސް، އުމުރު، އައިޑީކާޑު ނަންބަރ އަދި ފޯނު ނަންބަރ) ނޯޓު ކުރެއްވުން އެދެމެވެ.
26 ޖުމާދަލްއާޚިރާ 1441
20 ފެބުރުއަރީ 2020