"މާނެރެ މައިޒާން" ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

19 ނޮވެމްބަރ 2019

ޑައުންލޯޑް

cloud_download

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ފުވައްމުލަކު ސިޓީ، "މާނޭރެ މައިޒާން" ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގައި ބަލާނީ ބީލަން ފޮތުގައިވާ ކަންތައްތަކަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރައްވަންޖެހިވަޑައިގަންނަވާނެއެވެ. ރަޖިސްޓްރީ ކުރެއްވޭނީ 20 ނޮވެންބަރު 2019 އިން 28 ނޮވެންބަރު 2019 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައެވެ.

4. ރަޖިސްޓްރީކުރެއްވުމުން ބީލަންފޮތް އެފަރާތަކާއި ޙަވާލުކުރެވޭނެއެވެ.

5. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 28 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

6. ބީލަން ހުޅުވުން އޮންނާނީ 05 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862829، 6862828، 6862830

އީމެއިލް: procurement@Fuvahmulah.gov.mv

22 ربيع الأوّل ‎ 1441

19 ނޮވެންބަރު 2019 

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv