ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ހޯދަން ބޭނުންވާ ތަކެތީ ތަފްޞީލް:
• High Pressure Cleaner
• Current type (Ph/V/Hz): 1 / 230 / 50
• Flow rate (l/h) : 560
• Working pressure (bar/MPa) : 150 / 15
• Max. pressure (bar/MPa) : 225 / 225
• Connection load (kW) : 3.1
• Power cable (m) : 5
• Weight (kg) : 30
• Dimensions (L × W × H) (mm) : 400 x 455 x 700
• Quantity- 2
މާކްސްދޭނެގޮތް.
އަގަށް %65 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)
ޑެލިވަރީ މުއްދަތު %20 (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް)
ތަޖުރިބާ %05 (އެކި މުއައްސަސާތަކަށް މިފަދަތަކެތި އެންމެ ގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތްތަކަށް އެންމެގިނަ ޕޮއިންޓްދޭގޮތަށް)
މާލީ ޤާބިލްކަން %10 (އެކައުންޓް ސްޓޭޓްމެންޓަށް ބަލައިގެން)
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްކުން ސަމާލުކަންދޭންވީ ކަންތައްތައް.
- އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ހިމަނާފައިވާ ތަކެއްޗަށް އެއް އަންދާސީ ހިސާބެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ ފުރިހަމަ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު ހިމަނަންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.
- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި.
- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.
- ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.
- މާލީ ގާބިލްކަން އަންގައިދޭ ލިއުން: (ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް)
- ޓެކްސް ކްލިއަރެންސް ރިޕޯރޓް.
- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
(ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:
(ށ) ފުރިހަމަ އެޑްރެސް:
(ނ) ފޯން ނަންބަރ:
(ރ) އީމެއިލް އެޑްރެސް:
(ބ) މެނޭޖަރުން ފެށިގެން މަތީ ފަރާތްތަކުގެ ނަމާއި މަޤާމު
(ޅ) ރަޖިސްޓްރީ ނަންބަރ
(ކ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :
(އ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:
(ވ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ
(މ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ
- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.
އަންދާސީހިސާބު ބަލައިގަތުން.
ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 09 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާ ގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ.
" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"
ފުވައްމުލައް.
ދިވެހިރާއްޖެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862829، 6862828، 6862830
އީމެއިލް: procurement@fuvahmulah.gov.mv
27 ربيع الأوّل 1441
24 ނޮވެންބަރު 2019