މި އިދާރާއިން ޢާއްމުކޮށް އިޢުލާންކޮށްގެން ނުވަތަ ދަޢުވަތު ދީގެން ހުޅުވާލެވޭ ފުރުޞަތުތަކުގައި ބައިވެރިވެ އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބޭނުންވެލައްވާ ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރައްވާ ކުންފުނިތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި ވަކިވަކި ފަރުދުންގެ ދަފްތަރެއް މިއިދާރާގައި އެކުލަވާލުމަށް ބޭނުންވެއެވެ.
ދަފްތަރު އެކުލަވާލަން ބޭނުންވާ ދާއިރާތަށް:
• އިލެކްޓްރީޝަން
• އެއަރ ކޮންޑިޝަން ރިޕެއަރ އެންޑް މެއިންޓެނަންސް
• ފުޑް އެންޑް ބިވަރޭޖް ސާރވިސް
• ޓިކެޓިން އެންޑް ރިޒަވޭޝަން
• ޕްލަމްބަރ
• ބާރބެންޑާ
• ކާޕެންޓާރ
• ވެލްޑަރ
• މެކޭނިކް
• ސައުންޑް ޓެކްނީޝަން
• ޓެއިލަރިންގ
• ޓެކްސީ ސާރވިސް
• ގެސްޓްހައުސް/ހޮޓާ
• ލަމްބަރޖެކް
• އެކްސްކަވޭޝަން ސަރވިސް
• ޕްރިންޓިންގ ސަރވިސް
• ސްޓޭޝަނަރީސް ސަޕްލަޔަރސް
• ހާރޑްވެއަރ ސަޕްލަޔަރސް
• ރީޓެއިލް ޝޮޕްސް
• ގާޑެނިންގ ސަޕްލައިސް
• ސްޕެއަރޕާޓްސް ސަޕްލައިސް
ވީމާ، މި ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ މިފަދަ މަސައްކަތް ކުރައްވާ ކުންފުނިތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި ވަކިވަކި ފަރުދުން 15 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް (https://fuvahmulah.gov.mv/) އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862829،6862830، 6862828
އީމެއިލް: procurement@Fuvahmulah.gov.mv
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
27 ربيع الأوّل 1441
24 ނޮވެންބަރު 2019