ރައްޔިތުންގެ އަޑު ޕޭޖަށް މަރުޙަބާ
މުހައްމަދު ޝަހީދު
ސައިޓުން ލިބެން މިވަގުތު ހުރި މައުލޫމާތު ވަރަށްމަދުކަން ފާހަނގަ ކުރެވޭ. ގިނަ ކަންކަން އަދިވެސް ކުރެވެން ހުރީ ފޯރމް ޑައުންލޯޑް ކޮށްގެން ނޫނީ ސިޓީލިޔެގެން ކުރެވޭގޮތަށް. ކިހިނެތްވާނީ ކާރބަން ނިއުޓްރަލް ރަށެއްގޮތަށް އިސްތިހާރު ކުރާއިރު ޕޭޕާރލެސް ސިސްޓަމަކާ ދިމާލަށް ދިއުން؟ މިސާލަކަށް ގިނަ ޚިދުމަތްތަށް ޑިގިޓަލްކޮށްލިޔާ؟ އޮންލައިންކޮށް ޙިދުމަތަށް އެދެވޭގޮތް ވުމަކީ ވަރަށް ފަސޭހަވެގެންދާނެ ކަމެއް ކަމުގައި ދެކެމެވެ. އަދިވެސް މީގެ އިތުރުން ރަށުގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާ ބެހޭ މައުލޫމާތާއި، ރަށުގެ މުހިއްމު ބިނާތަކާއި، ތަރިކަ ތަކާއި ބެހޭ މައުލޫމާތު ވެސް ލިބެން ހުރުމަކީ މުހިއްމު ކަމެއް. ކައުންސިލް ބައްދަލުވުން ތަކުގެ ޔައުމިއްޔާ، ހިންގަމުންދާ މަޝްރޫތަކުގެ މައުލޫމާތު ލިބެން ހުރުމަކީވެސް ރަނގަޅު ކަމެއް.
11 ޑިސެމްބަރ 2019
އަލީ އިއްޒަތު
ވެބްސައިޓް ގެ ޑިޒައިން ބަދަލު ކުރަންޖެހޭ ކަމަށް ފެނޭ، މިގޮތުން ފުވައްމުލައް ރަމޒު ކޮށްދޭ ތީމް އާއި ކުލަ ހިމެނުން މުހިންމު. ވެބްސައިޓްގަ ކައުންސިލްގެ ޖަލްސާތަކާއި އެޖެންޑާ ހިމެނުން މުހިންމު ހަމަ އެހެންމެ ނިންމުންތައްވެސް ތަފުސީލުކޮށް ގެނެސްދިނުން މުހިންމު ވެބްސައިޓްގަ ތަފާސް ހިސާބުތައް ހިމެނުން މުހިންމު، މިގޮތުން ލައިވް ކޮށް ފުވައްމުލަކުގެ އާބާދީ ފެންނަން ހުރުމަކީވެސް މުހިންމު ކަމެއް، ހަމައެހެންމެ މާލީ ހިސާބުކިތާބާއި ސިއްޚީ އަދި އެހެނިހެން ދާއިރާތަކުގެ ހިސާބުކިތާބު ފެންނަން ހުރުން މުހިންމު. ފުވައްމުލަކުގަ ހުރި ވިޔަފާރިތަކާއި ޖައްމިއްޔާތަކުގެ މައުލޫމާތުވެސް މުހިންމު ފުވައްމުލަކުގަ ހުރި ސަރުކާރުގެ އޮފީސްތަކުން ހިންގާ އަދި ރޭވިގެން ކުރިޔަށްދާ ކަންކަން ގެނެސްދޭން ވަކި ބައެއް ޚާއްސަކުރުމަކީ ވެސް އެދެވޭ ކަމެއް. ހަމަ އެހެންމެ ފުވައްމުލަކުގެ ބަހަށް ސައިޓްގަ ޚާއްސަ އިސްކަމެއް ދިނުން މުހިންމު. މި ފުރުސަތުގަ ކައުންސިލުން ގެންނަމުންދާ ހެޔޮ ބަދަލު ތަކަށް ޝުކުރުވެރިވަން.
11 ޑިސެމްބަރ 2019
ފުވައްމުލައް ސިޓީ ކައުންސިލް
ވެބްސައިޓްއާއި ބެހޭ ގޮތުން އަޅުގަނޑުމެންނަށް ޚިޔާލު ފޯރުކޮށްދެއްވުން އެދެމެވެ.
26 ނޮވެމްބަރ 2019
ރަޝީދު
ކައުންސިލްގެ ތަފާސް ހިސާބުތައް ހިމެނޭ ކޮލަމެއް ވެބްސައިޓްގައި ހިމަނަންފެނޭ. ތަފާތް ރިސާޗް ހަދާއިރު ވަރަށް މައުލޫމާތު ބޭނުންވޭ.
13 ނޮވެމްބަރ 2019
ފުވައްމުލައް ސިޓީ ކައުންސިލް
ނަރުގިސް މަގު، މާދަޑު 18014
ޏ. ފުވައްމުލައް، ދިވެހިރާއްޖެ
ފޯން:
(960) 6860001
އީމެއިލް:
info@fuvahmulah.gov.mv