ރައްޔިތުންގެ އަޑު ޕޭޖަށް މަރުޙަބާ
އަލީ އިއްޒަތު
11 ޑިސެމްބަރ 2019
ވެބްސައިޓް ގެ ޑިޒައިން ބަދަލު ކުރަންޖެހޭ ކަމަށް ފެނޭ، މިގޮތުން ފުވައްމުލައް ރަމޒު ކޮށްދޭ ތީމް އާއި ކުލަ ހިމެނުން މުހިންމު. ވެބްސައިޓްގަ ކައުންސިލްގެ ޖަލްސާތަކާއި އެޖެންޑާ ހިމެނުން މުހިންމު ހަމަ އެހެންމެ ނިންމުންތައްވެސް ތަފުސީލުކޮށް ގެނެސްދިނުން މުހިންމު ވެބްސައިޓްގަ ތަފާސް ހިސާބުތައް ހިމެނުން މުހިންމު، މިގޮތުން ލައިވް ކޮށް ފުވައްމުލަކުގެ އާބާދީ ފެންނަން ހުރުމަކީވެސް މުހިންމު ކަމެއް، ހަމައެހެންމެ މާލީ ހިސާބުކިތާބާއި ސިއްޚީ އަދި އެހެނިހެން ދާއިރާތަކުގެ ހިސާބުކިތާބު ފެންނަން ހުރުން މުހިންމު. ފުވައްމުލަކުގަ ހުރި ވިޔަފާރިތަކާއި ޖައްމިއްޔާތަކުގެ މައުލޫމާތުވެސް މުހިންމު ފުވައްމުލަކުގަ ހުރި ސަރުކާރުގެ އޮފީސްތަކުން ހިންގާ އަދި ރޭވިގެން ކުރިޔަށްދާ ކަންކަން ގެނެސްދޭން ވަކި ބައެއް ޚާއްސަކުރުމަކީ ވެސް އެދެވޭ ކަމެއް. ހަމަ އެހެންމެ ފުވައްމުލަކުގެ ބަހަށް ސައިޓްގަ ޚާއްސަ އިސްކަމެއް ދިނުން މުހިންމު. މި ފުރުސަތުގަ ކައުންސިލުން ގެންނަމުންދާ ހެޔޮ ބަދަލު ތަކަށް ޝުކުރުވެރިވަން.
ފުވައްމުލައް ސިޓީ ކައުންސިލް
ނަރުގިސް މަގު، މާދަޑު 18014
ޏ. ފުވައްމުލައް، ދިވެހިރާއްޖެ
ފޯން:
(960) 6860001
އީމެއިލް:
info@fuvahmulah.gov.mv