Councillor Aishath Abdul Gadhir

Biography

ކައުންސިލަރ ޢާއިޝަތު ޢަބްދުލްޤާދިރަކީ  ލޯކަލް ކައުންސިލްގެ 4 ވަނަ ދައުރުގެ ފުވައްމުލައް ސިޓީގެ ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރެވެ. އައިޝާ ކައުންސިލަރުގެ މަޤާމަށް އިންތިޚާބުކުރެވުނީ، 10 އެޕްރީލް 2021 ގައި ބޭއްވުނު ލޯކަލް ކައުންސިލްގެ  4 ވަނަ އިންތިޚާބުގައެވެ.

ޏ.އަތޮޅު ތަޢުލީމީ މަރުކަޒުން ތަޢުލީމު ޙާޞިލްކުރެއްވުމަށްފަހު އައިޝަތު ޢަބްދުލްޤާދިރު ވަނީ 25 އަހަރު ވަންދެން ޓީޗިންގ ދާއިރާގައި ޚިދުމަތް ކުރައްވާފައެވެ. އާއިޝާ ވަނީ ޚިދުމަތުގައި ދެމިހުންނަވައިގެން، މި ރޮނގުން މަތީ ތަޢުލީމުވެސް ޙާޞިލު ކުރައްވައިފައެވެ. އެގޮތުން، ޓީޗިންގގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ޙާޞިލު ކުރެއްވުމަށްފަހު، ވަނީ ޑިޕްލޮމާ އަދި ބެޗްލަރސް ޑިގްރީވެސް ޙާޞިލު ކުރައްވައިފައެވެ. ހަމައެއާއެކު، ކިޔަވައިދިނުމާ ގުޅޭ ތަފާތު އެކިއެކި ތަމްރީނު ޕްރޮގްރާމްތައްވެސް ވަނީ ފުރިހަމަކުރައްވައިފައެވެ.

އިޖުތިމާޢީ ޚިދުމަތަށް ބަލާއިރު އައިޝާ ވަނީ ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުކަން  ކުރައްވާފައެވެ. އަދި ކައުންސިލަރ އައިޝާ އަކީ ސްކޫލު ދައުރުން ފެށިގެން މިއަދާ ހަމައަށްވެސް ރަށުގެ ކުޅިވަރު ދާއިރާއިން ފާހަގަކޮށްލެވޭ، ގިނަ ކުޅިވަރު ޙަރަކާތްތަކުގައި އިސްނަގައިގެން ބައިވެރިވާ ބޭކަބަލެކެވެ.

Constituency

North East Constituency

Inauguration Date

16 May 2021

Political Party

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

Committee

  • ސްމާޓް ސިޓީ ކޮމިޓީ (ނައިބް މުޤައްރިރު)
  • ކޮމިއުނިޓީ ސާވިސަސް ކޮމިޓީ (މެމްބަރ)
  • ޕްލޭނިން، ހައުސިން އެންޑް ލިވެބްލް ސިޓީ ކޮމިޓީ (މެމްބަރ)