މިސިޓީގެ އެކި ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ހުސްބިން، ހޭޅިފަށް، ޗަކަބިން، އަދި ކުރީގެ އަލަ އޮޅުތަކުގެ ގޮތުގައި ބޭނުންކުރެވުނު ތަންތަނުގައި، ހުއްދަނެތި ބައެއް ފަރާތްތަކުން ރުއްގަސް އިންދަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.
އެގިވަޑައިގަންނަވާނެ ފަދައިން، މިއީ މިކަމުގެ ސަބަބުން ރަށުގައި އެކުލަވާލެވިފައިވާ ޕްލޭންތަކަށް ހުރަސްއެޅޭ އަދި ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަކަށް ވީހިނދު، މިކަމަކީ މަނާކަމެއްކަން ކުރިންވެސް ވަނީ އާންމުކޮށް އަންގައި އިޢުލާންކުރެވިފައެވެ.
އެހެންކަމުން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަޙައްދެއްގައި ކައުންސިލްގެ ހުއްދަ ނެތި ރުއްގަސް ފަދަ ތަކެތި އިންދުމަކީ މަނާކަމެއްކަން އަންގައި އިޢުލާންކުރަމެވެ. މިފަދައިން ހުއްދަ ނެތި އިންދާފައިވާ ތަކެތި ކައުންސިލުން ނަގަމުންދާނެ ވާހަކަވެސް ދަންނަވަމެވެ.
29 ރަބީޢުލްއައްވަލް 1447
21 ސެޕްޓެމްބަރ 2024