އޭސީތައް ސާރވިސް ކޮށް މެއިންޓެންސް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

Published Date: 25 September 2025
(IUL)468-APS/468/2025/238
Bid Submission: 6 October 2025(Morning 11:00)
Registration: 1 October 2025(Afternoon 12:00)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލައް ސިޓީ ކައުންސިލް އިމާރާތްތަކުގައި ހަރުކުރެވިފައިވާ އޭސީތައް ސާރވިސް ކޮށް މެއިންޓެންސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)468-APS/468/2025/233 އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 01 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 06 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަސުރުމާ މާލަމް ( އަތޮޅުގެ މީޓިންގ ރޫމް) ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862812

އީމެއިލް: procurement@fuvahmulah.gov.mv

Bid Related Information