ފުވައްމުލައް އަނބުލެ އަތިރި ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

Published Date: 22 September 2025
(IUL)468-APS/468/2025/237
Bid Submission: 2 October 2025(Morning 10:00)
Information Session: 28 September 2025(Morning 11:00)
Registration: 28 September 2025(Morning 10:00)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލައް އަނބުލެ އަތިރި ތަރައްޤީ ކޮށްދޭނެ ފަރާތެއް ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލުވުން އޮންނާނީ 28 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަސުރުމާ މާލަމް (އަތޮޅުގެ މީޓިންގ ރޫމް) ގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 29 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 29 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަސުރުމާ މާލަމް (އަތޮޅުގެ މީޓިންގ ރޫމް) ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830

އީމެއިލް: procurement@fuvahmulah.gov.mv