ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2022

ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2022
7 ސެޕްޓެމްބަރ 2022
ފެށޭ ތާރީޚް: 24 އޮކްޓޯބަރ 2022 (ރޭގަނޑު 19:0)
އިވެންޓް އޮންނަތަން: Fuvahmulah Indoor Badminton hall


ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން 25 އޮކްޓޯބަރ 2022 ގައި ފުވައްމުލަކު ސިޓީގެ އަވަށްތަކަށް އަމާޒުކޮށްގެން " ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2022 " ގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މަޤްސަދަކީ ފުވައްމުލައް ސިޓީގައި ފަރުދީ ފެންވަރެއްގައި ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމާއި، ބެޑްމިންޓަން ކުޅޭ ކުޅުންތެރިންގެ ފެންވަރު މަތިކުރުމާއި އެކު ފުވައްމުލައް ސިޓީގައި ބެޑްމިންޓަންގެ މަޤްބޫލްކަން އިތުރުކުރުމާއި، އަދި ފުވައްމުލައް ސިޓީގެ އަވަށްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ރަށުގެ ރައްޔިތުންގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ހޯދައި ދިނުމެވެ.

މިމުބާރާތުގެ ގަވާއިދު އަދި ޓީމް ލިސްޓް ފޯމް:bit.ly/3evxExt