ފުވައްމުލައް
ދުނިޔޭގެ އެންމެ އުފާވެރި މަންޒިލަށް މަރުޙަބާ
ފުވައްމުލަކަކީ އަތޮޅެއް ނޫނެވެ. އެވޭލާ ޒަމާނުގައި މާކަނޑާ ގުޅިފައި އޮތް ވިލެއް އޮތެވެ. ކަނޑިންމަ ބެދުމުގެ ސަބުން މިހާރަކު ވިލެއްފަޅެއް ނެތެވެ. ފަޅުތެރޭގައި އެންމެ ފުނައް އޮތްތާގައި އުފެދުނީ ކުޅިއެވެ. އެއީ ރަށުގެ ދެކުނުގައިވާ ބަންޑާރަކިޅި އާއި އުތުރު ކޮޅޮގައިވާ ދަޑިމަގިކިޅިއެވެ. ފަޅު އޮތްތަން އޮތީ ޗަސްބިމުގެ ގޮތުގައެވެ. މި ދެކުޅިއާ ގުޅިފައިވާ ޗަސް ބިން ހިމެނޭ ސަރަހައްދުވެސް އޮތީ ހިކިފަސްތަނުގެ މެދުގައެވެ. މާކަނޑާ ގުޅުމެއް ނެތެވެ. ހަތަރު އުދަރެސްފެނުޖެހި ވަށާގެގެން ފުއްޓަރެވެ. ދިވެހިރާއްޖޭގެ އިދާރީ ހިންގުމަށްޓަކާ އަތޮޅެއްގެ ގޮތުގައި ބެލި ނަމަވެސް އަތޮޅެއްގެ ސިފައެއް ފުވަމުލަކުގައި ނެތެވެ.
ފޮޓޯތަކުން ފުވައްމުލައް
ފަހުގެ ލިޔުންތައް
ވަށޮވެއު
މިވެވަކީ މީގެ ގާތްގަނޑަކަށް 1000 އަހަރު ކުރީގެ ބިނާއެކެވެ. ވަށޮވެއޮ ވެސްބެލެވެނީ މިސްކިތަކާއި ގުޅުން ހުރި ބިނާއެއްކަމުގައެވެ.
ގެންމިސްކިތް
ގެންމިސްކިތަކީ ފުވައްމުލަކުގައި ހުރި އެންމެ ޤަދީމީ މިސްކިތެވެ. ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާގޮތުން ދިވެހިރާއްޖޭގައިހުރި ވެލިގަލުގެ އެންމެޒަމާންވީ މިސްކިތެވެ.
ކެޑޭރެ މިސްކިތް
ބުނެވޭގޮތުގައި ފުވައްމުލައް ފުރަތަމަފަހަރަށް ފަޅުވެފައިވަނިކޮށް ރަށްކޮށައި އާބާދުކުރި ބޭފުޅަކީ ޢަލީ އަޑަފިކަލޭގެ އާއި އޭނާގެ އެކުވެރިންނެވެ.
ހަވިއްތަ
ފުވައްމުލަކު ހަވިއްތައަކީ، އިހުޒަމާނުގައި ވޭރެގަން ކިޔާއުޅުނު ސަރަޙައްދުގައި ހުރި ބުޑިޒަމްގެ ބިނާއެކެވެ. ނުވަތަ ދާގަބާއެކެވެ.
ހުކުރު މިސްކިތް
ފުވައްމުލަކު ހުކުރުމިސްކިތަކީ އައްޑޫ މީދޫ މުޙައްމަދު ބޮޑުފަޑިޔާރު ތަކުރުފާނުގެ އަލްޙާއްޖު ޢަލިތުއްކަލާ މާފަތް ކިލެގެ ދަރިކަލުން ނުވަތަ އިބުނު އަލްޙާއްޖަ ޢަލިތުއްކަލާ ސިރީ ކުލަރަންމަނި މަހާރަދުން (ދެއްވަދޫ ރަސްގެފާނު) 1701-1692 އާއި ދެމެދު ބިނާކުރެއްވި މިސްކިތެކެވެ.
ފުވައްމުލައް ސިޓީ ކައުންސިލް
ނަރުގިސް މަގު، މާދަޑު 18014
ޏ. ފުވައްމުލައް، ދިވެހިރާއްޖެ
ފޯން:
(960) 6860001
އީމެއިލް:
info@fuvahmulah.gov.mv