މިވެވަކީ މީގެ ގާތްގަނޑަކަށް 1000 އަހަރު ކުރީގެ ބިނާއެކެވެ. ވަށޮވެއޮވެސް ބެލެވެނީ މިސްކިތަކާއި ގުޅުން ހުރި ބިނާއެއްކަމުގައެވެ. ގެންމިސްކިތުން ހުކުރުނަމާދާއި ޢީދު ނަމާދު ކުރުން ބަދަލުވީ މިވެއޮ ކައިރީ ހުރި މިސްކިތަށެވެ. މިމިސްކިތުގައި މުންނާރުވެސް ހުރިކަމަށްވެއެވެ. އެހެންކަމުން މިއީ މިސްކިތެއްގެ ވެއޮކަމަށް ބެލެވެއެވެ. އަދި މިސްކިތާއި ގުޅިގެން އެކިކަންކޮޅުތަކުގައިހުރި ވެއޮތައް ހުންނަނީ ޤިބުލައަށެވެ. ހަމަމިގޮތަށް ވަށޮވެއޮވެސްހުރީ ޤިބުލައަށްކަން ފާހަގަކުރެވެއެވެ. ވެލިގަލުން ހަދާފައިވާ މިވެއޮގެ އެތެރެ ހުންނަނީ ކޯން އެއްގެ ގޮތަށެވެ.
ފުވައްމުލައް