ވެރިފަރާތް ހޯދުމަށް

27 ނޮވެމްބަރ 2022
ސުންގަޑި: 4 ޑިސެމްބަރ 2022 (ހެނދުނު 8:0)

ފުވައްމުލައް ސިޓީގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ހޯދަޑު ސައުތުގޯޅިއާއި، ސިލްޑަމް އާއި ދެމެދުން ފާހަގަކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގައި މިކައުންސިލުން ވަނީ 01 ން 64 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، މިދެންނެވި ރުއްގަހުގެ ވެރިފަރާތްތަކުން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން ނުވަތަ ކަމާއި ބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަސްކަން އެގޭނެ ލިޔުމާއިއެކު 2022 ޑިސެންބަރު 04 ވާއާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.

03 ޖުމާދަލްއޫލާ 1444

27 ނޮވެންބަރު 2022