ވެރިފަރާތްހޯދުން- ހައުސިން ޔުނިޓް އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދު (މާދަޑު)

26 ސެޕްޓެމްބަރ 2022
ސުންގަޑި: 18 އޮކްޓޯބަރ 2022 (ހެނދުނު 8:0)

ފުވައްމުލަކުގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ފީނދިފަންނުމަގާއި، ކާރުނޭޝަން މަގާއި ގުޅުނު ކަންމަތިން ފާހަގަކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގައި މިކައުންސިލްގެ ފަރާތުންވަނީ 01 ން 242 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، މިދެންނެވި ރުއްގަހުގެ ވެރިފަރާތުންއެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން، ނުވަތަ ކަމާއި ބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަސްކަން އެގޭނެ ލިޔުމާއިއެކު 2022 އޮކްޓޯބަރު 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.

30 ޞަފަރު 1444ހ.

26 ސެޕްޓެމްބަރ2022މ.