ވެރިފަރާތްހޯދުން- ހައުސިން ޔުނިޓް އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދު (ދޫނޑިގަން)

26 ސެޕްޓެމްބަރ 2022
ސުންގަޑި: 18 އޮކްޓޯބަރ 2022 (ހެނދުނު 8:0)

ފުވައްމުލަކުގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ދޫޑިގަން އަވަށު މަސްޖިދުލްއިޖާބާގެ އިރު އުތުރުން، އާސިމީމަންޒިލް ގޯއްޗާއި ހަމަޔަށް ފާހަގަކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގައި މިކައުންސިލްގެ ފަރާތުންވަނީ 01 ން 270 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، މިދެންނެވި ރުއްގަހުގެ ވެރިފަރާތްތަކުން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން ނުވަތަ ކަމާއި ބެހޭ ފަރާތުގެ ހުއްދަ އާއި އެކު އިންދާފައިވާ ރުއްގަސްކަން އެގޭނެ ލިޔުމާއިއެކު 2022 އޮކްޓޯބަރ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.

30 ޞަފަރު 1444ހ.

26 ސެޕްޓެމްބަރު 2022މ.