ވެރިފަރާތް ހޯދުމާއި ގުޅޭ

8 އޮގަސްޓް 2023
ސުންގަޑި: 10 އޮގަސްޓް 2023 (ހެނދުނު 9:0)

ފުވައްމުލަކު ކެޑޭރެ މިސްކިތާއި ނަރުގިސްމަގާއި ދެމެދު، ބަހާރުމަގުގެ އިރުމަތީފަރާތުގައި ނަންބަރު 01، 02، 03، 04، 05، 06، 07، 08، 09، 10، 11، 12، 13، 14، 15 ޖަހާފައިވާ ރުއްތަކުގެ ވެރި ފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ 2023 އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ރުއްގަސް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް މެނޭޖްމެންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.