"ފުވައްމުލައް ޓޫރިޒަމް އެވޯރޑްސް 2024 " އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

28 އޮގަސްޓް 2024|(IUL)468-ESDS/468/2024/235
ސުންގަޑި: 19 ސެޕްޓެމްބަރ 2024 (ހެނދުނު 7:0)

ފުވައްމުލަކުގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުމާއި ގުޅުވައިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން "ފުވައްމުލައް ޓޫރިޒަމް އެވޯރޑްސް 2024 " ގެ ނަމުގައި އެވޯރޑް ދިނުމުގެ ޙަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯރޑްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މިއިނާމު ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އިނާމްތަކުގެ ތަފްސީލް އަދި ނަން ހުށަހަޅާ ފޯމު މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. ވީމާ، މި އެވޯރޑްތަކަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އިއުލާނާއިއެކުވާ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ.

https://forms.gle/2ywPnCy37QQ668j59