"ފުވައްމުލައް ސިޓީ ކައުންސިލް ވޮލީމުބާރާތް 2025" ސްޕޮންސާރ ކުރުމުގެ ފުރުސަތު ހުޅުވާލުން
އެހެން އަހަރުތަކެކޭ އެއްފަދައިން 2025 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުޅިވަރު ކެލެންޑަރގައި ހިމެނިގެން "ފުވައްމުލައް ސިޓީ ކައުންސިލް ވޮލީމުބާރާތް 2025" ބޭއްވުމަށް ވަނީ ނިންމާފައެވެ. މިމުބާރާތަކީ މުޅި ރާއްޖޭގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޓީމްތަކަށް އަމާޒުކޮށްގެން ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކުރާ މިފަދަ މުބާރާތްތަކަކީ އަތޮޅު ލެވެލްގައި އާއި އަދި ރާއްޖެ ލެވެލްގައިވެސް ފޯރިގަދަ ކާމިޔާބު މުބާރަތްތަކެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ފުވައްމުލަށް ސިޓީ އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޅިވަރުގެ ރޫޙް އާލާކޮށް، އައު ކުޅުންތެރިން އުފައްދައި، ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދީ އަދި ޤައުމީ ފެންވަރުގައި ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުމެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ އަކީ ކުށްމަދު، އިޖްތިމާއީ ގޮތުން ބަދަހި މުޖުތަމައެއް އޮންނަ ސިޓީއަކަށް ހެދުމަކީ މިމުބާރާތްތައް ބޭއްވުމުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.
މިފަދަ މުބާރާތްތައް ކަމިޔާބުކޮށް ނިންމާލެވެނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނެވެ. އެގޮތުން، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025" ސްޕޮންސަރ ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
ވީމާ، ސްޕޮންސަރ ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ފުވައްމުލައް ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025ގެ ސްޕޮންސަރ ޕްރޮޕޯސަލް