ފުވައްމުލައް ސިޓީ ކައުންސިލް މަދަހަ މުބާރާތް 2022

26 ސެޕްޓެމްބަރ 2022

ފުވައްމުލައް ސިޓީ ކައުންސިލް މަދަހަ މުބާރާތް 2022

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 17 ނޮވެމްބަރު 2022 ގައި "ފުވައްމުލައް ސިޓީ ކައުންސިލް މަދަޙަ މުބާރާތް 2022"ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ފުވައްމުލަކުގެ ސްކޫލްތަކާއި ޔުނިވަރސިޓީ/ކޮލެޖްތަކަށް އަމާޒުކޮށްގެން ދަރިވަރުންގެ މެދުގައި މަދަޙަކިއުމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން މަދަޙައަށް ލޯބިޖެއްސުމާއި، ދީނީ އަދި ދިވެހި އަދަބިއްޔާތަށް ލޯބިޖެއްސުމާއި، އަމިއްލަ ދިވެހިވަންތަ ރާގާއި، ޅެންވެރިކަން ކުރިއެރުވުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. ވީމާ،މި މުބާރާތުގެ ބައިވެރިވުމަށް ޝައުޤުވެރިވާ ސްކޫލް ތަކާއި ޔުިވަރސިޓީ/ކޮލެޖްތަކުން 08 ނޮވެމްބަރު 2022 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

މި މުބާރާތުގެ އިޢުލާން، މުބާރާތުގެ ގަވާއިދު އަދި ޓީމް ލިސްޓް: bit.ly/3CGYQTD