ވާ މަދުކުރުމުގެ ޕްރޮގްރާމެއްކުރުމާއި ގުޅޭ

24 ސެޕްޓެމްބަރ 2024|(IUL)468-IMS/468/2024/268

ފުވައްމުލައް ސިޓީގައި ވާ ގިނަވެ ވާލުގެ ސަބަބުން ދަނޑުބިންތަކަށާއި ގަސްތަކަށް ގެއްލުންވުމުގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިލާންޖެހިފައިވާކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. މިގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްއާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް ގުޅިގެން ވާ މަދުކުރުމުގެ ޕްރޮގްރާމެއް 26 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން މިސިޓީގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ކަމުން 26 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން ރަށުގެ އެކި ހިސާބުތަކުގައި ވާލަށް ބަޑި ޖެހުން ކުރިއަށްދާނެ ވާހަކަ އާންމުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

21 ރަބީއުލްއައްވަލް 1446

24 ސެޕްޓެންބަރު 2024