ރަށި ބާޒާރޮ 2024 ގެ ސްޓޯލްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

30 ސެޕްޓެމްބަރ 2024|(IUL)468-SPPMS/468/2024/271

15 ވަނަ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް ކުރިއަށްދާ މުއްދަތާ ދިމާކޮށް، "ރަށި ބާޒާރޮ 2024" ގެ ނަމުގައި ފުވައްމުލައް ސިޓީ ކައުންސިލާއި މިސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ޚާއްޞަ ބާޒާރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކި ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް ހުޅުވާލެވިގެން ބޭއްވޭ މި ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 18، 20، 21 އަދި 22 ވަނަ ދުވަހުއެވެ.

މި ބާޒާރުގެ މައިގަނޑު އެއް މަގުސަދަކީ އާންމުކޮށް ލިބެން ހުންނަ އަގަށްވުރެން ހެޔޮ އަގުގައި، ތަފާތު އެކިކަހަލަ މުދާތައް އެއްތަނަކުން ރައްޔިތުންނަށް ގަނެވޭނެ މަގު ފަހިކޮށްދިނުމާއި، މިސިޓީ އަށް ޒިޔާރަތްކުރާނެ މެހުމާނުންނަށް މި ފުރުޞަތު ފަހިކޮށްދިނުމެވެ.

އެހެންކަމުން، މި ބާޒާރުގެ ވިޔަފާރި ސްޓޯލްތަކަށް އެދި ހުށަހެޅުމަށް، ތިރީގައި މިވާ ގޫގުލް ފޯމު 2024 އޮކްޓޫބަރު 6 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފުރިހަމަކޮށްދެއްވުން އެދެމެވެ.

27 ރަބީޢުލްއައްވަލް 1446

30 ސެޕްޓެންބަރ 2024