މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޮލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ ދާއިރާގައި ޕްރެކްޓިސްކުރާ ޓެކްނީޝަނުންނަށް އަމާޒުކޮށްގެން ކުރިއަށްދާ އެއް ދުވަހުގެ ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ ޓްރެއިނިންގ އެއް 02 ސެޕްޓެމްބަރ 2025 މި ސިޓީގައި ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނުގެ މަޤްޞަދަކީ، އެއަރ-ކޮންޑިޝަނިންގ އަދި ރެފްރިޖަރޭޝަންގެ މައިގަނޑު ގޮތެއްގައި ބޭނުންކުރާ ގޭހެއް ކަމަށްވާ ހައި ގްލޯބަލް ވޯރމިންގ ޕޮޓެންޝަލް (GWP) އެއް ކަމަށްވާ ހައިޑްރޯފްލޫރޯކާބަން (HFC) ގެ ފޭސް ޑައުން ކުރުމާބެހޭގޮތުން ޓެކްނީޝަނުން ހޭލުންތެރިކޮށް ތަޢުލީމު ދިނުމެވެ. އަދި އާރްއޭސީ ސިސްޓަމްތައް އިންސްޓޯލްކޮށް ބެލެހެއްޓުމުގައި އެންމެ ރަނގަޅު އުސޫލުތަކަށް ވެސް މި ތަމްރީނުގައި އަލިއަޅުވާލާނެ އެވެ.
ވީމާ މި ޓްރެއިނިންގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިމިވާ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.
https://forms.office.com/r/QWxRZAj4db