ވެރިފަރާތް ހޯދުން

20 ނޮވެމްބަރ 2022
ސުންގަޑި: 27 ނޮވެމްބަރ 2022 (ހެނދުނު 8:0)

ޖަމާލުއްދީނު ނައިބުތުއްތުމަގުގެ އިރުން، ގިއްސާގެ މަރްޔަމް އިބްރާހީމްގެ (އީކްއޭޓަރ ސަޕްލައި ހުރި ބިން) ގޯތީގެ ދެކުނުން އޮތް ބިމުގައި ހުރި ރުއްގަހުގައި މިކައުންސިލްގެ ފަރާތުންވަނީ 01 ން 16 އަށް ނަންބަރު ޖަހާފައެވެ.

ވީމާ މިދެންނެވި ރުއްގަހުގެ ވެރިފަރާތުން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން ނުވަތަ ކަމާއި ބެހޭ އިދާރާގެ ހުއްދަ އާއިއެކު އިންދާފައިވާ ރުއްގަސްކަން އެގޭނެ ލިއުމަކާއި އެކު 2022 ނޮވެމްބަރު 27 ވާއާދީއްތަ ދުވަހުގެ 13:00 ގެ ކުރީން ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.

26 ރަބީޢުލްއާޚިރު 1444ހ.

20 ނޮވެމްބަރު 2022މ.