އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2023 ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުން

11 ޖެނުއަރީ 2023

އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް އާގުޅޭ؛

2023 ވަނަ އަހަރުގެ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް ފެބުރުއަރީ 05 އިން 10 އަށް ފުވައްމުލަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުން މިހާތަނަށް 36 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

ވީމާ މިމުބާރާތަށް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މިއިއުލާނާއެކު "އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2023" އަށް ތައްޔާރުކުރެވިފައިވާ ސްޕޮންސަރ ޕްރޮޕޯސަލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މިކަމާގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

17 ޖުމާދަލްއާޚިރާ 1444

10 ޖެނުއަރީ 2023