ވޮލީބޯޅަ ވައިޑީޕީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

7 ނޮވެމްބަރ 2023

ވޮލީބޯޅަ ވައިޑީޕީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ:

ފުވައްމުލަކުން ކުޅިވަރު ކުޅުމަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެފުރުސަތު ހޯދައިދިނުމަށާއި ކުޅިވަރުގެ ދާއިރާގައި ހުނަރުވެރި ޖީލެއް ބިނާކުރުމާއި އަދި ޤައުމީ ލެވެލްގެ އިތުރު ގިނަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި މިއިދާރާއިން މިހާރު ކުރިއަށް ގެންދާ ވައި.ޑީ.ޕީ ޕްރޮގްރާމްތަކުގެ ތެރެއިން، ވޮލީބޯޅަ ވައިޑީޕީ ޕްރޮގްރާމްގައި 11 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިއިޢުލާނާއިއެކު ވާ ފޯމު ފުރުއްވުން އެދެމެވެ.

ފޯމް: forms.office.com/r/e1Vpu1XzQ0

22 ރަބީޢުލްއާޚިރު 1445

06 ނޮވެމްބަރ 2023