1 ސެޕްޓެމްބަރ 2022
ސުންގަޑި: 29 އޮގަސްޓް 2022 ( 4:0)

ފުވައްމުލަކު މާލެގަން އަވަށު "މިސްރު" ގޯތީގެ އިރުމަތީފަރާތު ބޭރުން "އަރުބަގެ" ގޯތީގައި ހުރި ނަންބަރު 01 ޖަހާފައިވާ ރުކުގެ ނީލަންކިޔުން 2022 އޮގަސްޓް 29 ވާ ހޯމަ ދުވަހުގެ 9:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ.

ނީލަމުން ރުއް ނަންގަވާ ފަރާތަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، ރުއް ނަގައި 03 ދުވަހުގެތެރޭގައި ތަން ސާފުކުރަން ވާނެއެވެ.

ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

25 އޮގަސްޓް 2022