އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް ކުރިއަށްދާ ވަޤުތު 3 ފަރާތަކަށް ކެންޓީން ހިންގުމުގެ ފުރުސަތު

22 ޖެނުއަރީ 2023

އިންޓަރ-ސްކޫލް އެތްލެޓިކްސް މީޓް 2023 އާއި ގުޅޭ؛

މިއިދާރާގެ ނަންބަރ (IUL)468-ESDS/468/2023/3އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ފެބްރުއަރީ 5 އިން 10 އަށް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް ކުރިއަށްދާ ވަޤުތު މުބާރާތުގެ ބައިވެރިންނާއި ކުޅިވަރު ބައްލަވަން ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ފުވައްމުލަކު ސްޓޭޑިއަމް ތެރޭގައި 3 ފަރާތަކަށް ކެންޓީން ހިންގުމުގެ ފުރުސަތު ދޭގޮތަށް ވަނީ ހުޅުވާލެވިފައެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު އައިޑީ ކާޑުގެ ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހިމަނަންވާނެއެވެ.

ޕްރޮޕޯސަލްގައި އެފަރާތަކުން ގާޑިޔާ ނުވަތަ ކެންޓީނުގައި ވިއްކާނެ ތަކެތީގެ ލިސްޓް އަދި ދުވާލަކަށް ހުށަހަޅާ އަގު ހިމަނަންވާނެއެވެ.

ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ ދުވާލަކަށް 500.00 (ފައްސަތޭކަ) ރުފިޔާ އެވެ.

ކެންޓީން ހިންގުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ 03 ފަރާތަކަށެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖެނުއަރީ 24 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ލިޔުމަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6865001 ފޯނަށް ގުޅުއްވުން އެދެމެވެ.

27 ޖުމާދަލްއާޚިރާ 1444

19 ޖެނުއަރީ 2023