ފުވައްމުލައް ސިޓީ ކައުންސިލް ބަހުސް މުބާރާތް 2022

26 ސެޕްޓެމްބަރ 2022

ފުވައްމުލައް ސިޓީ ކައުންސިލް ބަހުސް މުބާރާތް 2022

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން 10 ނޮވެމްބަރ 2022 ގައި "އަފުންގެ ބަހަ" މި ނަމުގައި ބަހުސް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ކްލަބު ޖަމްޢިއްޔާތަކާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނި ތަކަށް ހުޅުވާލެވިގެން ފުވައްމުލަކު ބަހާއި ބަހުރުވަ ކުރިއަރުވައި، ޒުވާނުންނާ ކުޑަކުދިންގެ މެދުގައި ފުވައްމުލައް ބަހުރުވަޔާމެދު ލޯބި އިތުރުކޮށް، ވާހަކަ ދެއްކުންތެރިކަމުގެ ފަންނު ކުރިއަރުވައި، ފުވައްމުލައް ސިޓީގައި ކުޅަދާނަ ވާހަކަދެއްކުންތެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮކްޓޯބަރ 2022 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.