15 ވަނަ ނެޝަނަލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕަށް 40 އޮފިޝަލުން ހޯދުމަށް

19 ސެޕްޓެމްބަރ 2024| (IUL)468-ESDS/468/2024/264

2024 އޮކްޓޯބަރ 19 އިން 24 އަށް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ ނެޝަނަލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް ގައި ވޮލެންޓިއަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ 40 އޮފިޝަލުން ބޭނުންވެއެވެ.

ޝަރުތު؛

17 އަހަރު ފުރިފައިވުން. (އޮފިޝަލުންނަގާއިރު ބަލާނީ 2024 ޖެނުއަރީ 31 އަށް 17 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.)

އިނާޔަތްތައް؛

އޮފިޝަލުންނަށް މުބާރާތް ހިނގަމުންދާ ވަގުތު ބޭނުން ކުރުމަށް ޓީ-ޝާޓް ހަވާލްކުރެވޭނެއެވެ.

މުބާރާތުގެ ފެށުމުގެކުރިން އެތްލެޓިކްސްއާ ބެހޭ ފަންނީ ޓެކްނިކަލް މައުލޫމާތު ދެވޭނެއެވެ.

މުބާރާތް ނިމިގެން އަގުވަޒަންކޮށް ހަނދާނީ ލިޔުން ދެވޭނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިޢުލާނާއިއެކު މިވާ އޮންލައިން ފޯމު ފުރުއްވުން އެދެމެވެ. އަދި އިތުރު މައުލޫމާތު ހޯދެއްވުމަށް މި ޔުނިޓްގެ (ސީނިއަރ ކައުންސިލް އޮފިސަރ ނާފިޒް ޢަލީ ޔޫސުފް 7778529) ގުޅުންވުން އެދެމެވެ.

https://forms.office.com/r/GG7N0dYxG1

16 ރަބީޢުލްއައްވަލް 1446ހ

19 ސެޕްޓެމްބަރ 2024މ