ފުވައްމުލަކުގެ ބައެއް މިސްކިތްތައް މަރާމާތުކުރުމާއި ގުޅޭ

19 އޮކްޓޯބަރ 2022|(IUL)468-APS/468/2022/300
ބީލަން ހުށަހެޅުން: 6 ނޮވެމްބަރ 2022 (ހެނދުނު 6:0)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކުގެ ބައެއް މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވެއެވެ.

މަރާމާތުކުރުމަށް ބޭނުންވާ މިސްކިތްތައް:

ހުކުރު މިސްކިތް

އުއްމުލްޤުރާ

މަސްޖިދުލް ފުރްޤާން

މަސްޖިދުލް ޢިޔާސުއްދީން

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 31 އޮކްޓޫބަރު 2022 ގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، [email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 31 އޮކްޓޫބަރު 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ އަތޮޅުގެ މީޓިންގ ރޫމްގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 31 އޮކްޓޫބަރު 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 31 އޮކްޓޫބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 06 ނޮވެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 11:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862828، 6862829

އީމެއިލް: [email protected]