ފުވައްމުލަކު ސިޓީ ކައުންސިލަށް އެޗްއާރް ކޮންސަލްޓެންސީ ޚިދުމަތް ހޯދުމާއިގުޅޭ

28 ނޮވެމްބަރ 2022|(IUL)468-APS/468/2022/343
ރަޖިސްޓަރކުރަންވީ ތާރީޙް: 4 ޑިސެމްބަރ 2022 (ހެނދުނު 7:0)ބީލަން ހުށަހެޅުން: 8 ޑިސެމްބަރ 2022 ( 5:0)
މައުލޫމާތު ސާފުކުރުން: 27 ނޮވެމްބަރ 2022 (ރޭގަނޑު 19:0)ބިޑް ޑޮކިއުމެންޓް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކު ސިޓީ ކައުންސިލަށް އެޗްއާރް ކޮންސަލްޓެންސީ ޚިދުމަތް ހޯދުމަށް ކުރެވުނު ނަންބަރ (IUL)468-APS/468/2022/330އިޢުލާން އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 04 ޑިސެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 6 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 06 ޑިސެމްބަރ 2022 އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 08 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862829

އީމެއިލް: [email protected]

4 ޖުމާދަލްއޫލާ 1444

28 ނޮވެމްބަރ 2022