ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ

18 ޑިސެމްބަރ 2024|(IUL)468-APS/468/2024/336
ބީލަން ހުށަހެޅުން: 29 ޑިސެމްބަރ 2024 (ހެނދުނު 6:0)
މައުލޫމާތު ސާފުކުރުން: 23 ޑިސެމްބަރ 2024 (މެންދުރު 15:30)ބިޑް ޑޮކިއުމެންޓް

ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ގާޑިޔާ ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއި ބެހޭ އުސޫލު / ޤާވާއިދު އާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 23 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 20:30 ގައި ކައުންސިލް އިދާރާގެ ކުރުނދުމާ މާލަމްގައި އޮންނާނެއެވެ.

ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 29 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862823، 6862812

އީމެއިލް: [email protected]