އެސިސްޓެންޓް ކައުންސިލް އޮފިސަރ

14 ޖޫން 2022| (IUL)468-HR/468/2022/167
ސުންގަޑި: 20 ޖޫން 2022 (ހެނދުނު 8:0)

އިޢުލާނު

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-363891

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

GS3(ޖީއެސް 3)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފުވައްމުލައް ސިޓީ ކައުންސިލް/ ޏ.ފުވައްމުލައް

މުސާރަ:

މަހަކު 4،465.00 (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1،500.00 (އެއްހާސް ފަސްސަތޭކަ ) ރުފިޔާ

އެހެނިހެން އެލަވަންސް:

- ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު 700 (ހަތްސަތޭކަ ) ރުފިޔާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

އިމާމުން އަދި މުދިމުން ޗުއްޓީ ނެގުމުންނާއި ސަލާމް ބުނުމުން ބަދަލުގައި މީހުން ހަމަޖެއްސުމުގެ އިދާރީ މަސައްކަތްތައް ކުރުން

މިސްކިތު މަސައްކަތު މީހުން ޗުއްޓީ ނެގުމުންނާއި ސަލާމް ބުނުމުން ބަދަލުގައި މަސައްކަތް ކުރާނެ މީހުން ހަމަޖެއްސުމުގެ އިދާރީ މަސައްކަތް ކުރުން

ޔުނިޓްގެ ސްޓޮކުން ސާމާނު ދޫކުރުމާއި، ސްޓޮކް މެނޭޖްކުރުން

މިސްކިތްތަކަށް ބޭނުންވާ ސްޓޮކު ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

މިސްކިތްތަކުގެ މަރާމާތާއި ގުޅުންހުރި އިދާރި މަސައްކަތްތައް ކުރުން

ހުކުރު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން (ތާވަލް ހެދުން، ޚާތިބުންނަށް އެންގުން، ޚުތުބާ ހަވާލު ކުރުން)

ހުކުރު ރިޕޯޓް ހަދައި ފޮނުވަންޖެހޭ ފަރާތަށް ފޮނުވުން

ހުކުރު ކުރުމުގެ އެލަވަންސް ލިބެންޖެހޭ ފަރާތްތަކަށް އެލަވަންސް ހޯދައި ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން

ޢީދު ނަމާދު، ކޭތަ ނަމާދު،ތަރާވީސް ނަމާދު، އަދި އިސްތިސްޤާ ނަމާދު ފަދަ ޖަމާޢަތުގައި ކުރެވޭ ސުންނަތް ނަމާދުތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން

ޢީދު ނަމާދު، ކޭތަ ނަމާދު، ތަރާވީސް ނަމާދު، އަދި އިސްތިސްޤާ ނަމާދު ކުރުމުގެ އެލަވަންސް ލިބެންޖެހޭ ފަރާތްތަކަށް އެލަވަންސް ހޯދައި ދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން

މިސްކިތްތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން

މިސްކިތްތަކުގައި ދަރުސް ދިނުމާއި ދީނީ ޝިޢާރުތައް ފާޅުކުރުންފަދަ ކަންތައްތަކާއި ގުޅޭ އިދާރީ މަސައްކަތް ކުރުން

ފިޠުރު ޒަކާތާއި މުދަލު ޒަކާތް ނެގުމާއި ބެހުމުގެ އެންމެހައި ކަންތައް ކުރުން

ޖަނާޒާއާއި ގުޅޭ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން

ކަށުކަމާކެމީގެ ކަންތައްތަކާއި ގުޅޭ އިދާރީ މަސައްކަތް ކުރުން

ޖަނާޒާއާއި ގުޅޭ އެލަވަންސް ލިބެންޖެހޭ ފަރާތްތަކަށް އެލަވަންސް ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން

ގަބުރުސްތާންތައް ސާފުކުރުމުގެ ކަންތައް ކުރިއަށްދާގޮތް ބެލުމާއި ގަބުރުސްތާންތައް ސާފުކުރުމާއި ގުޅޭ އިދާރީ މަސްއްކަތްތައް ކުރުން

މޯޗަރީ ސާފުކުރުމުގެ ކަންތައް ކުރިއަށްދާގޮތް ބެލުމާއި މޯޗިރީ ސާފުކުރުމާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުން

މަސައްކަތާއި ގުޅިގެން އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތަށް އެފަރާތްތަކަށް ފޮނުވުން.

ޔުނިޓްގެ މަސައްކަތްތަކާއި ގުޅުންހުރި ލިޔެކިއުންތައް ތައްޔާރުކޮއް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

އެޑްމިން އޮފިސަރ ސަލާމުގައި ނުވަތަ ޗުއްޓީ ނެގުމުން، އެ މުވައްޒަފު ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ސެކްޝަންގެ މެންޑޭޓްގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، ޙަވާލުވެގެން ހުރި ވެރިޔަކު އެވަގުތު އަންގާ އިދާރީ މަސައްކަތްތަށް ކުރުން

ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާ

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

މަޤާމުގެ ތައުލީމީ ރޮގުތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)http://www.csc.gov.mv/dv/downloads/15151

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި(އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖޫން 2022 ގެ 13:00 ގެ ކުރިން، ފުވައްމުލަކު ސިޓީ ކައުންސިލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ،21 ޖޫން 2022 އާއި 11 އޮގަސްޓް 2022 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6865001 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.