ފުވައްމުލައް ސިޓީގައި އަލަށް ތާރު އަޅާ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލް އާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

28 ޖެނުއަރީ 2020

ފުވައްމުލައް ސިޓީގައި އަލަށް ތާރު އެޅުމަށް ހަމަޖެހިފައިވާ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލްއާއި ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް އާއި ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި މިހާރު ތާރު އަޅާ ނިމިފައިވާ މަގުތަކާއި، އަލަށް ތާރު އެޅުމަށް ހަމަޖެހިފައިވާ މަގުތަކުގައި ސްޕީޑް ބްރޭކް ބަހައްޓާނެ ގޮތްތަކާއި މަގުގައި ޓްރެފިކް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި މީގެ އިތުރުން ފުވައްމުލައް ސިޓީގެ މަގުތަކުގައި މިހާރު ދިމާވާ އެކިކަހަލަ ޓްރެފިކް މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު އަދި ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ. ޕޮލިސްގެ ފަރާތުން މި ބައްދަލުވުމުގައި ރޯޑް ސޭފްޓީ ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު އަދި ފުވައްމުލައް ޕޮލިސް ގެ އިންޗަރޖް މޫސާ ލަތީފް ބައިވެރިވެވަޑައިގަތެވެ.

ފުވައްމުލައް ސިޓީ ޕޮލިސް އިން ފުވައްމުލަކުގެ މަގުތަކުގެ ޓްރެފިކް މޮނީޓަރކޮށް ކޮންޓްރޯލް ކުރުމަށްޓަކައި އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv