ޤައުމީ ޔުނިވަރސިޓީގެ ޓީމަކާއި ފުވައްމުލައް ސިޓީ ކައުންސިލުން ބައްދަލުކޮށްފި

29 ޖެނުއަރީ 2020

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޓީމަކާއި ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ފުވައްމުލަކުގައި ހިންގޭނެ ކޯސްތަކާއި މިހާރު ހިންގަމުން އަންނަ ކޯސްތައް އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންނނެވެ. އަދި، ޤައުމީ ޔުނިވާސިޓީއިން މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ކޯސްތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، ސާނަވީ ތައުލީމު ނިންމުމަށްފަހު މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ހަނި ފަރާތްތަކަށް އެފުރުސަތު ހޯދައިދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިއަހަރުގެ ތެރޭގައި އެމްއެންޔޫ ގެ އައިސީޓީ ކެމްޕަސް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ފެށޭނެކަމަށްވެސް މިބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ މޭޔަރ އަބްދުﷲ ފަލާހު ޝަރީފު ވަނީ ވިދާޅުވެފައެވެ. އަދި މިކަމަކީ ފުވައްމުލައް ސިޓީ ކައުންސިލާއި ޤައުމީ ޔުނިވަރސިޓީ އާއި މިހާރު އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމެއްކަމަށްވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޔުނިވަރސިޓީ އާއި ގުޅިގެން ފުވައްމުލައް ސިޓީގެ ޓީޗަރުންނާއި ތަފާތު އެހެން ދާއިރާތަކުގެ މުވައްޒަފުންނަށް އިތުރު ތަމްރީނުތައް ދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ބައްދަލުވުމުގގައި މަޝްވަރާކުރެވިފައިވެއެވެ.

ފުވައްމުލަކުގައި މިހާރުވެސް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ގުޅިގެން ވަނީ ޓީޗިންގ ކޯސްތަކެއް ހިންގާފައެވެ. އަދި މުސްތަޤުބަލުގައި ތަފާތު ހުނަރުތައް ތަރައްގީ ކުރެވޭނެ ކޯސްތައް ހިންގުމަކީ ކައުންސިލްގެ އަމާޒެކެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv