ވާލްޑް އެތްލެޓިކްސް ލެވެލް 1 ކޯޗިންގ ކޯސް ނިމިއްޖެ

2 ފެބުރުއަރީ 2020

ފުވައްމުލައް ސިޓީ ކައުންސިލް އަދި އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ވާލްޑް އެތްލެޓިކްސް ލެވެލް 1 ކޯޗިންގ ކޯސް ނިމިއްޖެއެވެ.

20 ޖަނަވަރީ އިން 31 ޖަނަވަރީ ގެ ނިޔަލަށް ކުރިޔަށްދިޔަ މި ކޯހުގައި ޖުމްލަ 24 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި ކޯހުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަންނީ މީހުން ބިނާކކުރުމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތަމްރީން ލިބިފައިވާ ކޯޗުން އުފެއްދުމެވެ.

މިކޯހުގެ ސަބަބުން ދިވެހި ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިންޑިއަން އޯޝަން ގޭމްސްއަށް ކޯޗުން ތަމްރީންވެގެންދާނެއެވެ. އަދި އަންނަ ޖޫން މަހު ފުވައްމުލަކުގައި ބޭއްވުމަށްހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތަށް ކޯޗުން ތައްޔާރު ކުރުމަކީވެސް މި ކޯހުގެ އެއް މަޤްސަދެވެ.

މި ކޯހުގައި ފުވައްމުލަކުގެ އިތުރުން މާލެ އަދި އައްޑޫ ސިޓީގެ ބައިވެރިންވެސް ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގެ އެހެން ރަށްތަކުން ބައިވެރިން އައިސްފައިވެއެވެ.

ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މި ކޯސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv