ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމާއި ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން މިސިޓީގެ އިސް މުއައްސަސާތަކާއި ބައްދަލުކޮށްފި

2 ފެބުރުއަރީ 2020

މުޅި ދުނިޔޭގައިވެސް މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމާއި ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި މިސިޓީގެ އިސް މުއައްސަސާތަކާ އެކު މަޝްވަރާބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ފުވައްމުލަކުން މި ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތަކާއި ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މިގޮތުން ކަރަންޓީން ކުރާނެ ސަރަހައްދަކާއި، ރައްޔިތުން މިބައްޔަށް އިތުރަށް ހޭލުންތެރި ކުރުމަށްޓަކައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ހިންގުމަށްވަނީ ހަމަޖައްސާފައެވެ.

މި ބައްދަލުވުމުގައި ފުވައްމުލައް ހޮސްޕިޓަލް، ޕޮލިސް އަދި އެމްއެންޑީއެފް އިން ވަނީ ބައިވެރިވެފައެވެ. އަދި ފުވައްމުލައް ހޮސްޕިޓަލުން މި ސިޓީގެ ގެސްޓް ހައުސްތަކުގެ އިސްވެރިންނާ ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv