އިންޑިއާގައި ބޭއްވޭ ތަމްރީން ޕްރޮގްރާމްގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފަކު ބައިވެރިވެއްޖެ

4 ފެބުރުއަރީ 2020

"ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް" އިން އިންޑިއާގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފަކު ބައިވެރިވެއްޖެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މި ތަމްރީންގައި ބައިވެރިވަނީ ހިއުމަން ރިސޯސް އޮފިސަރ ސަމާހާ އަހްމަދުއެވެ. މި މަހުގެ 2 އިން 16 އަށް އިންޑިއާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ސިވިލް ސާވިސްގެ އެކި އިދާރާތަކުން ޖުމްލަ 28 މުވައްޒަފަކު ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި ސިޔާސަތުތަކާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ މީގެ ކުރިންވެސް މިފަދަ ތަމްރީނން ޕްރޮގްރާމްތަކުގައި ބައިވެރިވެފައެވެ.  

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv