ފުވައްމުލަކު ޤުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

6 ފެބުރުއަރީ 2020


ފުވައްމުލައް ސިޓީގެ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތް އެޅުމަށްޓަކައި މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައި މާރިޝް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ އެކުއެވެ. 7.2 މިލިއަން ރުފިޔާ ޙަރަދުކުރާ މި އިމާރާތް ނިންމުމަށް ހަމަޖެހިފައިވަނީ 300 ދުވަހުގެ ތެރޭގައެވެ. މި އިމާރާތް އެއްކޮށް ނިމޭއިރު މިހާރު ކުރިމަތި ވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެއެވެ. އަދި މަރުކަޒުން ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެއެވެ.

ކީރިތި ޤުރުއާނާއި ބެހޭ އާ އިމާރާތުގައި 4 ކްލާސްރޫމް، އިދާރީ އޮފީސް، ނަމާދު ކުރާ ޖާގަ، އިސްލާމިކް ލައިބްރަރީ އަދި 300 މީހުންގެ ޖާގައިގެ ހޯލެއް ހިމެނޭނެއެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ފައުންޑޭޝަން ސްކޫލް ހުރި ބިމުގައެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުގައި މިހާރުވެސް ޤާރީ ކޯސް، އިމާމް ކޯސް އަދި ޤުރުއާން މުދައްރިސް ކޯސްތައް އަންނަނީ ހިންގަމުންނެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv