އެފްސީސީ ރެކްރިއޭޝަން ކްލަބުގެ ހިންގާ ކޮމިޓީގެ އިންތިޚާބު މިއަދު

6 ފެބުރުއަރީ 2020

ފުވައްމުލައް ސިޓީ ރެކްރިއޭޝަން ކްލަބުގެ ހިންގާ ކޮމިޓީގެ އިންތިޚާބު މިހާރު ކުރިއަށްއެބަދެއެވެ.

މި އިންތިޚާބުގައި އިންތިޚާބު ކުރެވޭ މަޤާމުތަކާއި ކުރިމަތިލައްވާ ކެންޑީޑޭޓުންނަކީ:

1. ޗެއަރމަން: ހުސައިން ނާސިޙް
         ސުޙާ އަބްދުލް ޙަކީމް

2. ސްޕޯޓްސް ކޯޑީނޭޓަރ: އާމިނަތު މައިސު އަޙްމަދު
               އަޙްމަދު ހުސައިން ދީދީ

3. އިޤްތިސާދީ ކޮމިޓީގެ ކޯޑިނޭޓަރ: އާއިޝަތު ނާޖިލަތު
                    އަޙްމަދު ހުސައިން

4. ޚަޒާންދާރު: އާމިނަތު ޝެހެނާޒް
         ފާތިމަތު ޝުކުރީ

5. އިވެންޓް ކޯޑިނޭޓަރ: އަލީ ޝާނިމް އަޙްމަދު
              އިބްރާހިމް ފަހުދު މުޙައްމަދު

ކްލަބުގައި ޤަވާއިދުގައިވާ ގޮތުގެ މަތިން، އެއް ފަރާތައްވުރެ ގިނައިން މަޤާމަށް ކުރިމަތި ލާފައި ނުވާތީ އިންތިހާބުގައި ވާދަ ނުކޮށް މިހާރު ހޮވިފައިވާ މަޤާމުތަކަކީ، އަންހެން ވައިސް ޗެއަރ ޚަދީޖާ އަޖުފާން އަބްދުއް ސައްތާރު، ފިރިހެން ވައިސް ޗެއަރ އަބްދުﷲ އިމްތިޔާޒް، ސެކްރެޓަރީ އާމިނަތު ރިޒްލާ އަލީ އަދި އާއިޝަތު އަލީ އަދި ވެލްފެއަރ ކޯޑިނޭޓަރ ޝަހުމާ އަޙްމަދުއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން މަސައްކަތްކުރުމަށްޓަކައި އިތުރަށް ހިތްވަރުދިނުމާއި، ރަށު އަދި އަތޮޅު ފެންވަރުގައި އިޖްތިމާއީ ގޮތުންނާއި ތަފާތު އެހެނިހެން ގޮތްގޮތުން އެކި ކަހަލަ ހަރަކާތްތައް ހިންގުމަށްޓަކައި 2017 ވަނަ އަހަރު އިފްތިތާހުވެފައިވާ ފުވައްމުލައް ސިޓީ ކައުންސިލް ރެކްރިއޭޝަން ކްލަބުގެ ހިންގާ ކޮމިޓީގެ ދައުރަކީ ދެ އަހަރުދުވަހެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv