ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަހްމަދު ނިޖާހު

11 ފެބުރުއަރީ 2020

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް މި ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ނިޖާހު އައްޔަން ކުރައްވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން އެ ޤާނޫނުގެ 126 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލް އިދާރާގައި ސެކްރެޓަރީ ޖެނެރަލެއް ހުންނަން ޖެހޭތީއެވެ.

ވަގުތީ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް އަހްމަދު ނިޖާހު އައްޔަން ކުރެވުނީ މިދިޔަ ހަފްތާގައެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv