"ހުނަރުވެރިން ބިނާކުރުމުގެ ޕްރޮގްރާމް 2020" ފުވައްމުލައް ސިޓީގައި ފެށިއްޖެ

13 ފެބުރުއަރީ 2020

"ހުނަރުވެރިން ބިނާކުރުމުގެ ޕްރޮގްރާމް 2020" ގެ ދަށުން "ސަރޓިފިކެޓް 3 އިން ރެޕްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ކޯސް" ފުވައްމުލައް ސިޓީގައި ފެށިއްޖެއެވެ.

މިފަދަ ކޯސްތައް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ، ޒުވާނުންނަށް ގިނަގުން ހުނަހުރަތައް ދަސްކޮށްދީ ފަސޭހައިން އާމްދަނީ ލިބޭނެ މަގުފަހި ކުރުމެވެ. އަދި، މުސްތަޤްބަލުގައިވެސް މިފަދަ ކޯސްތައް ފުވައްމުލަކުގައި ހިންގުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޖާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޖާހިދު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަހްމަދު ނާސިރް އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފު އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ބައިވެރިވެވަޑައިގެންނެވިއެވެ.

ހުނަރުވެރިން ބިނާކުރުމުގެ ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަނަޓް އަދި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޖުމްލަ 20 ބައިވެރިންނާއި އެކު ފުވައްމުލައް ސިޓީގައި ޕޮލިޓެކްނިކުން މި ކޯސް ކުރިއަށް ގެންދަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެންނެވެ. 

ޙަބަރު

ފުވައްމުލައް ސިޓީ ކައުންސިލް

ނަރުގިސް މަގު، މާދަޑު 18014

ޏ. ފުވައްމުލައް، ދިވެހިރާއްޖެ

ފޯން:

(960) 6860001

އީމެއިލް:

info@fuvahmulah.gov.mv